ކާށިދޫގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ ގޮތުން ރައްޔިތުންނާއެކު މަޝްވަރާކުރުން

މާލެއަތޮޅު ކާށިދޫގެ ތަރައްޤީގެ ޕްލޭން 2022-2026 އެކުލަވާލުމުގެ ގޮތުން ރައްޔިތުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ”ގޫގުލް މީޓް“ އެޕްލިކޭޝަން މެދުވެރިކޮށެވެ.

ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތަކަކީ:

  1. އިޤްތިޞާދު ކުރިއެރުވުމާއި ވަޒީފާ އިތުރުކުރުން
  2. ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރު
  3. ސިއްހަތު ރަނގަޅު ދުޅަހެޔޮ ދިރިއުޅުން
  4. އަސާސީ ޚިދުމަތްތަކާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުން
  5. އިޖުތިމާޢީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން
  6. މިންތީގެ ހަމަހަމަކަން
  7. ޘަޤާފަތާއި ތަރިކަ ރައްކާތެރިކުރުން
  8. ވިލުންވެރި މުޖުތަމައެއް ކަށަވަރުކުރުން
  9. ހިންގުން ހަރުދަނާކުރުމާއި އިދާރީ ކަންކަން ބެލެހެއްޓުން.
  10. އަމާން ވެއްޓެއް ޤާއިމް ކުރުމާއި ޤާނޫނީ ހުކޫމާތު ދެމެހެއްޓުން.

ބައްދަލުވުންތައް ތާވަލު ކުރެވިފައިވާގޮތުގެ ތަފްސީލު:

1 – އިޤްތިޞާދު ކުރިއެރުވުމާއި ވަޒީފާ އިތުރުކުރުން
ދަނޑުވެރިކަމުގެ ދާއިރާ
މަސްވެރިކަމުގެ ދާއިރާ
ފަތުރުވެރިކަމުގެ ދާއިރާ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް
ދަތުރުފަތުރުގެ ނިޒާމް
ތާރީޚް: ބުރާސްފަތި/ 05 އޮގަސްޓް 2021
ގަޑި: ރޭގަނޑު 20:30
މީޓިންގ ލިންކް: https://meet.google.com/hvg-fboy-dob
2 – ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރު
ރަނގަޅު ޕްރީ ސްކުލުގެ ޚިދުމަތް ފޯރުކޮށްދިނުން
ބޮޑެތިމީހުންގެ ތަޢުލީމް އަދި ފަންނީ ފެންވަރު މަތިކުރުން
ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުން
ގައިޑް، ސްކައުޓް، ބޭންޑް ފަދަ ޔުނިފޯމް ބޮޑީސް މެދުވެރިކޮށް ދަރިވަރުންގެ މެދުގައި އަޚްލާގާއި، ސުލޫކާއި، ލީޑަރޝިޕް ދަސްކޮށްދިނުން
ދިރިއުޅުމުގެ ހުނަރާއި ސިވިކް އެޑިއުކޭޝަން އުނގަންނައިދިނުން

ތާރީޚް: ހުކުރު/ 06 އޮގަސްޓް 2021
ގަޑި: ރޭގަނޑު 20:30
މީޓިންގ ލިންކް: https://meet.google.com/fek-vnae-kjp

3 – ސިއްހަތު ރަނގަޅު ދުޅަހެޔޮ ދިރިއުޅުން
އަސާސީ ސިއްޙީ ފަރުވާއާއި ސިއްޙީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.
ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދިމާވާ އެކިއެކި ސިއްޙީ ހާލަތްތަކުން ރައްޔިތުން ރައްކާތެރިކުރުވާ، ދުޅަހެޔޮ ހަށިހެޔޮ އާބާދީއެއް އުފެއްދުން.
ދުންފަތާއި އެނަރޖީ ޑްރިންކް އަދި ތައްޔާރީ ކާނާ ބޭނުން ކުރާ މީހުންގެ ނިސްބަތް މަދުކުރުން.
ޑެންގީއާއި ޗިކަން ގުންޏާއާއި އަދި އެހެނިހެން ބޮޑެތި ބަލިތައް ފެތުރުން މަދުކުރުން.
މަސްތުވާތަކެތީގެ ނުރައްކަލުން މުޖުތަމަޢު ރައްކާތެރިކުރުން.
ކުޅިވަރު ކުޅުމުގެ ރޫހު އަށަގަނުވާ، އެކި މުބާރާތްތައް ރާވާ ހިންގުން.

ތާރީޚް: ހުކުރު/ 06 އޮގަސްޓް 2021
ގަޑި: ރޭގަނޑު 21:30
މީޓިންގ ލިންކް: https://meet.google.com/fek-vnae-kjp

4 – އަސާސީ ޚިދުމަތްތަކާއި، ރަށްވެހި ޚިދުމަތް ފޯރުކޮށްދިނުން
ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ އިންތިޒާމު ޤާއިމުކުރުން.
ނަރުދަމާގެ އަސާސީ ފަސޭހަތައް ރައްޔިތުންނަށް ފޯރުކޮށްދިނުން.
ދެމެހެއްޓެނިވި އަދި އިތުބާރުހިފޭ ގޮތެއްގައި ކަރަންޓާއި ހަކަތަ ރައްޔިތުންނަށް ފޯރުކޮށްދިނުން.
އެކަށީގެންވާ ގޮތެއްގައި ކުނި ނައްތާލާނެ ނިޒާމެއް ޤާއިމްކުރުން.
މަގުހެދުމާއި، މަގުތައް ރޭގަނޑު ދިއްލުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުން
ބަނދަރާއި، ފާލަމާއި ފެރީ ޓާރމިނަލް ފަދަ ތަންތަން ހަދައި ބެލެހެއްޓުން.
ޤަބުރުސްތާނު ބެލެހެއްޓުން.
މިސްކިތްތައް ބެލެހެއްޓުން.
ރަށުތެރެއާއި ރަށުގެ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުން.

ތާރީޚް: ހޮނިހިރު/ 07 އޮގަސްޓް 2021
ގަޑި: ރޭގަނޑު 20:30
މީޓިންގ ލިންކް: https://meet.google.com/oie-mziw-dyq

5 – އިޖުތިމާޢީގޮތުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުން
އިޖްތިމާޢީ މަރުކަޒުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ ތަންތަން ޤާއިމްކޮށް ބެލެހެއްޓުން.
ކުޅިވަރު ކުޅޭ ޢާއްމު ދަނޑުތަކާއި ބިންތަކާއި ޕާކުތައް ބެލެހެއްޓުން.
މުނިފޫހި ފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވާ، އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުން.
ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެމީހުން ބަލަހައްޓާނެ ނިޒާމް ޤާއިމް ކުރުން.
އިޖްތިމާއީ ރޫހު އާލާކުރުން.

ތާރީޚް: އާދިއްތަ/ 08 އޮގަސްޓް 2021
ގަޑި: ރޭގަނޑު 20:30
މީޓިންގ ލިންކް: https://meet.google.com/snx-hsju-jxh

6 – މިންތީގެ ހަމަހަމަކަން
އަންހެނުންނާއި މެދު ކުރާ އެކި ތަފާތުކުރުންތައް ނައްތާލުން.
ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން ހޯދާދިނުން.

ތާރީޚް: އާދިއްތަ/ 08 އޮގަސްޓް 2021
ގަޑި: ރޭގަނޑު 21:30
މީޓިންގ ލިންކް: https://meet.google.com/snx-hsju-jxh

7 – ވިލުންވެރި މުޖުތަމައެއް ކަށަވަރުކުރުން
ރަށް ގިރުން ހުއްޓުވުން.
މޫސުމަށް އަންނަ ބަދަލުތަކާއި އެކަމުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުން.
ކާރިސާތަކަށް ތައްޔާރުވުން.
ރަށުގެ ހޭޅިފަށާއި، ރުއްގަސް ރައްކާތެރިކުރުން.
ރަށުގެ ވަށައިގެންވާ މުރަކަތަކާއި ކަނޑުގެ ދިރުން ރައްކާތެރިކޮށް ދެމެހެއްޓުން.
ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުން. ޕެސްޓް ކޮންޓްރޯލްކުރުން.

ތާރީޚް: ހޯމަ/ 09 އޮގަސްޓް 2021
ގަޑި: ރޭގަނޑު 20:30
މީޓިންގ ލިންކް: https://meet.google.com/snk-dtef-kdy