ކުނިކޮށި ސާފުކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފި


ކާށިދޫ ކުނިގޮނޑަށް ވަދެގެން ދެވޭގޮތަށް ކުރިން ހަދާފައިވާ މަގަށް އާންމުންގެ ބައެއް ފަރާތްތަކުން ކުނި އެޅުމުގެ ސަބަބުން އެމަގު ބެދި، ކުނިކޮއްޓަށް ވަންނަ ސަރަހައްދު ފުރުމުގެ ސަބަބުން ދިމާވި މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ކައުންސިލުން ކުނިކޮށި ސާފުކޮށް، ކުނިއެޅުމާއި ގުޅޭގޮތުން ހަރުދަނާ ފިޔަވަޅުތަކެއް މިހާރުވާނީ އަޅާފައެވެ.
އެގޮތުން، މީގެފަހުން އާންމުން ކުނި އުކާލުމަށް ކަނޑައެޅިފައިވާ ވަގުތަކީ ހެނދުނު 07:00 އިން ފެށިގެން ހަވީރު 6:00 އަށެވެ. ކުނިކޮށީގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކުނިއުކާލަން ވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް ކައުންސިލުން އިލްތިމާސް ކުރަމެވެ.