އެމްޖީ ސްޕޯޓްސް ކުލަބާއި ކާށިދޫ ކައުންސިލާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މިއީ ކާށިދޫ ގައި ކުޅިވަރުގެ އެކި ހަރަކާތްތައް ތަރައްގީކޮށް، ކުރިއަރުވައި، ރަށު ފެންވަރުގައި ކުޅިވަރަށް އޮންނަ ލޯބި އާންމުންގެ މެދުގައި އިތުރު ކުރުމާއި ރަނގަޅު އިންތިޒާމެއްގެ ދަށުން، ދާއިމީ ގޮތެއްގައި ކުޅިވަރުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށާއި ކައުންސިލްގެ ވަޢުދުތަކާއި ކްލަބުގެ މަޤްޞަދު ޙާސިލުކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ.
ކައުންސިލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރެވެ. އެމްޖީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ކުލަބުގެ ރައީސް ޢަލީ ޒިދާންއެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ކައުންސިލްގެ ރައީސް ވަނީ، ހަރަކާތްތެރި ކުލަބެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެމްޖީ ސްޕޯޓްސްގެ ޒުވާން މެންބަރުންނަށް ހިތްވަރުދެއްވާފައެވެ. އަދި ޒުވާނުންތަކެއް ނިސްބަތްވާ ކުލަބަކުން ކައުންސިލާއި ގުޅިގެން މަސައްކަތް ކުރުމަށް އިސްނެގީތީ އެމްޖީ ސްޕޯޓްސް ކުލަބުގެ މެންބަރުންނަށާއި ހިންގާ ކޮމެޓީއަށް ޝުކުރު އަދާކުރެއްވިއެވެ.