ކާށިދޫ ކައުންސިލްގެ ފަރާތުން މިނިސްޓަރ އޮފް އެންވަޔަރުމެންޓް، ކްލައިމެޓް ޗޭންޖް އެންޑް އެނާޖީ އާމިނަތު ޝައުނާއާއި ބައްދަލުކޮށްފި

މި ބައްދަލުވުމުގައި ރަށުގެ ކުނިމެނޭޖް ކުރުމާއި ރަށްގިރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުން. އަދި ކާށިދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓްމެނޭޖްމެންޓް ސެންޓަރުގެ އެންމެ ފަހުގެ މައުލޫމާތުވަނީ މިނިސްޓަރ ކައުންސިލާއި ހިއްސާކުރައްވާފައެވެ. އަދި މީގެ އިތުރުން ކާށިދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދު ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި އެސަރަހައްދުގެ އިޤްތިޞާދީ ނަފާ ހޯދުމަށް އެސަރަހައްދު ތަރައްޤީ ކުރުމާއި، އަދި ކާށިދޫ ފަޅުގައި އާދަޔާ ޚިލާފަށް މޫދުވިނަ ގިނަވަމުން ދިއުމާއި ބެހޭ ގޮތުން މިނިސްޓަރާއި ކައުންސިލާއި ދެމެދު މަޝްވަރާ ކުރެވުނެވެ.