ދަނޑުވެރިންގެ ދުވަސް 2022 އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ޤައުމީ ފެންވަރުގައި ކ.ކާށިދޫގައި ފާހަގަކޮށްފިއެވެ. މި ދުވަސްތައް ފާހަކަކުރުމުގެ ގޮތުން ދަނޑުވެރިން ހޭލުންތެރިކުރުމުގެ ގޮތުން 3-ދުވަހުގެ ތަމްރީން ވޯކްޝޮޕަކާއި، ކާބޯތަކެތީގެ މައުރަޒެއް ބާއްވާފައިވެއެވެ. އަދި މީގެ އިތުރުން، ލުނބޯ އާލާކުރުމުގެ ގޮތުން، ކާށިދޫގެ ގޭބިސީތަކަށް ލުނބޯގަސް ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގާފައިވެއެވެ.މިދުވަސްތައް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ކާށިދޫއަށް ވަޑައިގަތެވެ. ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޞޯލިޙް ވަނީ ދަނޑުވެރިކަމުގެ މުޙިއްމުކަމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަންވީ މުހިންމު ދާއިރާތަކަށް އަލިއަޅުއްވާލައްވާފައެވެ.
ކާށިދޫގައި އަލަށް ޤައުމީ ފެންވަރުގައި މިފަދަ ފުވަހެއް ފާހަގަ ކުރެވޭތީ އުފާކުރައްވާ ކަމަށާޢި އެކަމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާއަށާއި، ސަރުކާރަށް ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވިއެވެ. އަދި މީގެ އިތުރުން، ކާށިދޫގެ ދަނޑުވެރިކަން މުހިންމުވަނީ ހަމައެކަނި ކާށިދޫގެ ރައްޔިތުންނަށް ނޫންކަމާއި، އަދި ދިރިއުޅުމަށްޓަކައި ގޯތި ދޫކުރާ ކޮންމެ ފަހަރަކު ދަނޑުވެރިކަން ކުރުމަށް އޮންނަ ސަރަހައްދު ކުޑަވެގެން ދާކަމާއި، މިއީ މުޅި ދިވެހި ރާއްޖޭގެ ކާބޯތަކެތީގެ މާކެޓަށްވެސް ލިބޭނެ ހީނަރުކަމެއްކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ. މިގޮތުން، ކާށިދޫގެ އެއް ތުންޑިން އަނެއް ތުނޑިއަށް ބިންހިއްކައިގެން މިމައްސަލަ، ދިވެހި ރައްޔިތުންނަށްޓަކައި ހައްލުކޮށްދެއްވުމަށް، ކައުންސިލްގެ ރައީސްގެ ހުށައެޅުއްވިއެވެ.

ރައީސް ޞާލިޙް މިދަތުރުފުޅުގައި، ކާށިދޫ ކައުންސިލާއި، އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ބައްދަލު ކުރެއްވިއެވެ. އަދި ކައުންސިލްގެ ރައީސްގެ ހުށައެޅުއްވުމަށް އިޖާބަ ދެއްވާކަމަށް ވިދާޅުވެ، 2023ގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.