އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑްގެ ކޮމާންޑަރ ކާނަލް އަޙްމަދު ޣިޔާސް ކާށިދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ދަތުރުފުޅުގައި ކާށިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ކްލަބް ޖަމިއްޔާތަކުގެ ވެރިންނާ ބައްދަލުކުރައްވާ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ހިންގާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ފޯރުކޮށްދީ ސިފައިންގެ ފަރާތުން ފޯރުކޮށްދޭ ސެކިއުރިޓީގެ ޚިދުމަތްތަކާއި، އިޖުތިމާޢީ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.