ކާށިދޫގެ ޒުވާން ފުޓްސަލް ޓީމަށް އެދެނީ ކާމިޔާބީއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 އަށް ކާށީދޫ ތަމްސީލްކުރުމަށް ނިކުތީ ވަރުގަދަ ޒުވާން ޓީމެކެވެ. ޓީމުގެ ޖާރޖީ ފަރުމާކުރުމުން ފެށިގެން ފޮޓޯ ނެގުމާއި ޓީމްގެ ހަރަދުތައް ބަލަހައްޓާ އޮގަނައިޒް ކުރުމުގައި ހަރަކާތްތެރިވަނީ ކާށިދޫގެ ފަހުރުވެރި ޒޫވާން ޓީމެކެވެ. ދައްކުވައިދިން ބަދަހި ގުޅުމާއި ފުޓުބޯޅައަށް ލޯބިކުރާ އެތައް ރައްޔިތުންނެއްގެ ފުރިހަމަ ސަޕޯޓާއި ދެއްވާ އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ޓީމުގެ ކެޕްޓަން ސުޒޭރު އެވެ. ދެ މޮޅާއި އެކު ކާށިދޫ ޓީމް ވަނީ އަޮތޮޅުގެ ފައިނަލުންވެސް ޖާގަ ހޯދައިފައެވެ. އެގޮތުން އަތޮޅު ފައިނަލުގައި ވާދަކުރާނީ 08 މާރޗް 2022 ވަނަ ދުވަހު ގާފަރުގެ ޓީމާއެވެ.
މި ކާމިޔާބީއާއިއެކު ޓީމައަށް ލިބުނު ހިތްވަރުން، ކުޅުންެތެރިން އާއަޒުމެއްގައި ފައިނަލުން މޮޅުވުމުގެ ޖޯޝުގައި ތިބިކަން ފާހަގަކޮށްލެވެއެވެ.
ޓީމަށް މިފަހަރު ކައުންސިލުން ދެމުންދާ އެހީތެރިކަމަކީ ޓީމަށް ލިބިފައިވާ ބޮޑު ހިތްވަރެކެވެ. އަދި ހަމައެއާއިއެކު އެހެނިހެން ފަރާތްތުންވެސް ދެމުންގެންދާ އެހީތެރިކަމަކީ އެކުވެރިކަމުގެ ނަމޫނާއެކެވެ.
އެދެނީ ކާށިދޫ ޓީމަށް ފުރިހަމަ ކާމިޔާބީއެއް، އަދި ކާށިދޫގެ ކުދިބޮޑު އެންމެން ފަހުރުވެރިވާ ޓީމެއްކަމުގައި ވުމެވެ.