ކާށިދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށްޓަކައި މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާއާއި ތުރުކީވިލާތުގެ ބީ.އެން.ޖީ އިންސާތް އޭއައި އާ ދެމެދު 05 މާރިޗު 2022 ވީ ހޮނިހިރު ދުވަހު އެމްއޯޔޫއެއްގައި ވަނީ ސޮއިކުރެވިފައެވެ. މި ފަހުމުނާމާގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރެވެ. ބީއެންޖީ އިންސާތުގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ހަކާން ޔަޒީޖީއެވެ. މި އެމްއޯޔޫގެ ދަށުން ކާށިދޫ ކައުންސިލާއި ބީ.އެން.ޖީ އިންސާތުގެ ޙިއްޞާ އެކުލެވޭގޮތަށް ޖޮއިންޓް ވެޗަރ އެއް އުފައްދައި، ކާށިދޫގައި ޓޫރިސްޓް ވިލެޖެއް ތަރައްޤީކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ 12 ހެކްޓަރުގެ ބިމުގެ ތެރެއިން 200،000 އަކަފޫޓްގެ ބިމުގައި 120 ކޮޓަރިއާ 180 ކޮޓަރިއާ ދެމެދުގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ކަނޑައެޅިފައިވެއެވެ. އަދި ރަށުގެ ލޭންޑް ޔޫޒް ޕްލޭން ފާސްވިހާ އަވަހަކަށް މިކަމަށް ބޭނުންވާ ބިން ދޫކުރެވި، މަޝްރޫއާބެހޭ އެއްބަސްވުމުގައި ދެފަރާތުން ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގިއްޖެ ނަމަ ރަށުގައި ގިނަ ޢަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެގެންދާނެއެވެ.
މި އެމްއޯޔޫގައި ސޮއި ކުރުމަށްޓަކައި ކާށިދޫ ދެކުނު އަވަށު ބީޗް ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ދެއްކެވި ވާހަކަފުޅުގައި، ކާށިދޫގައި އިންވެސްޓްކުރުމުގެ ފަހުމުނާމާގައި ސޮއިކުރެއްވުމަށް ތުރުކީ ވިލާތުން މިހާ ދިގު ދަތުރެއްކުރައްވާ ކާށިދޫއަށް ވަޑައިގަތް ކަމަށްޓަކައި ބީއެންޖީ އިންސާތުގެ ޗެއާމަން ހަކާން ޔަޒީޖީއަށް، ކާށިދޫ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ. ކައުންސިލްގެ ރައީސް މުޙައްމަދު ޢާމިރު ވަނީ ރަށުގެ އިޤްތިޞާދު މިހާރު އޮތްގޮތާއި، އަދި ޓޫރިޒަމްގެ ސިނާއަތް ތަރައްޤީ ކުރުމަށްޓަކައި ކައުންސިލްގެ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާ ވާހަކަ ދައްކަވާފައެވެ. އަދި ކާށިދޫގައި ޓޫރިޒަމް ތަރައްގީ ކުރާނީ ދަނޑުވެރިކަން ފަދަ ސިނާއަތްތަކަށް އޭގެ ފައިދާކުރާ މޮޑެލްތަކަށްކަމަށް ވިދާޅުވެ، ރައްޔިތުންނަށް ގޮވާލެއްވީ މިކަމުގައި އެންމެން އެކުވެރިވެ ގުޅިގެން މަސައްކަތް ކުރުމަށެވެ.
ކާށިދޫ ރައްޔިތުންގެ ޝުއޫރު ފާޅު ކުރެއްވުމުގެ ގޮތުން، ކ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނަތީމް ދެއްކެވި ވާހަކަފުޅުގައި، ކާށިދޫއަށް މިފަދަ އިންވެސްޓްމަންޓްތައް ގެނައުމަށްޓަކައި، ކައުންސިލްގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރެއްވިއެވެ. އަދި ކައުންސިލްގެ މަސައްކަތަށް ސާބަސްދެއްވާ ޝުކުރު އަދާކުރެއްވިއެވެ. އަދި، ކާށިދޫގައި މީގެ ކުރިން ފެށިފައިވާ މިފަދަ ޕްރޮޖެކްޓްތައް ހުއްޓިފައިވާކަން ރައްޔިތުންގެ ފަރާތުން އަސަރާއިއެކު ފާހަގަކުރައްވާ، މިޕްރޮޖެކްޓް ކާމިޔާބު ކަމާއިއެކު ކުރިޔަށްދާނެކަމުގެ އުންމީދު އާކުރެއްވިއެވެ.