ކާށިދޫ ކައުންސިލްގެ މި މުބާރާތް އިންތިޒާމް ކޮށްފައިވަނީ އެމްޖީ ސްޕޯޓްސް ގެ ފަރާތުންނެވެ. މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 23 ޑިސެމްބަރ 2022 އިން 29 ޑިސެމްބަރ 2022ގެ ނިޔަލަށެވެ. މި މުބާރާތުގައި ޖުމްލަ 7 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އީއެކްސްއީ ގެ ޓީމުންނެވެ. މުބާރާތުގެ ރަނަރ-އަޕް ޓީމަކީ ކްލަބް ޑިވެންގް އެވެ. އަދި ފެއަރ ޕްލޭ ޓީމަކީ އެމިގޯސް އެފްސީއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީމް އީއެކްސްއީގެ އިބްރާހިމް ޙަލީމެވެ. މުބާރާތުގެ ޓޮޕް ސްކޯރަރ އަކީވެސް އިބްރާހިމް ޙަލީމެވެ. އެންމެ މޮޅު ފޯވާޑް ކުޅުންތެރިއަކީ ފްލައިލާސްގެ ޢަބްދުﷲ ސުޒައިރުއެވެ. އެންމެ މޮޅު ޑިފެންޑަރަކީ ޑިވެންޖް ގެ ވިރުދާން ޝަފީގެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ޑިވެންޖްގެ ޝިރުހާން ރަޝީދުއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓްރެއިލާސްގެ އިސްމާއިލް ރަޔާންއެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ އީއެކްސްސީގެ އިސްމާއިލް އާއިޒްއެވެ.