ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރިއަށް ކުރި ތަޖުރިބާ ދަތުރުގައި، ތިނަދޫ، ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ، ފަރެސްމާތޮޑާ އަދި ގައްދޫއަށް ޒިޔާރަތްކޮށްފައިވެއެވެ. ހުވަދުއަތޮޅު ދެކުނުބުރީ ރަށްތަކުން ކާށިދޫ ޓީމަށް ވަރަށް ހޫނު މަރުހަބާއަކާއި، ފުރިހަމަ މެހެމާންދާރީއެއް އަދާކޮށްފައިވެއެވެ. އަދި އެރަށްރަށުގެ ކައުންސިލް އިދާރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން އެފަރާތްތަކުގެ ތަޖުރިބާ ކާށިދޫ ޓީމާއި ހިއްސާކޮށްފައިވެއެވެ. ހުވަދު އަތޮޅަށް މިކުރެވުނު ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވި، އާ ކަންތައްތަކެއް ފެނިގެންދިޔަ ދަތުރެކެވެ.